ފައިނަލްގައި ޒެނިތު ސްޕޯރޓްސް ކްލަބް ބަލިކޮށް، ނެޓުބޯލް އެސޯސިއެޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހދ. ކުޅުދުއްފުށީ، ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭ.ވައި.އާރު.ސީ) ހޯދައިފިއެވެ.
މިމުބާރާތް ކުރިއަށް ގޮސްފައިވަނީ ނިމުނު ސެޕްޓެމްބަރ 18 އިން 30 އަށް، މާލޭ ސޯސަލް ސެންޓަރގެ އިންޑޯ ކޯޓުގައެވެ.
މުޅި މުބާރާތުގެ ފަޚުރުވެރި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޭ.ވައި.އާރު.ސީގެ ރާޝިދާ މޫސާ އެވެ.
ރާޝިދާއާއި، ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބުން ހޯދި މި ބޮޑު ކާމިޔާބީއަކީ، މުޅި ތިލަދުންމަތި ފަޚުރުވެރި ކޮށްދޭ ކާމިޔާބީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!