ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު އުނގެނުމަށް ސްކޮލާޝިޕްގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުޅުވާލައިފިއެވެ.
ސާކް ޕީއެޗްޑީ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ސްރީލަންކާގައި ކުރިއަށް ގެންދާ މި ކޯހަކީ ޕީއެޗްޑީ އިން އެގްރިކަލްޗަރަލް އިކޮނޮމިކްސް ފެންވަރުގެ ކޯހެކެވެ.
މި ސްކޮލާޝިޕްގެ ފުރުޞަތު ހުޅުވާލައި 02 ސެޕްޓެމްބަރ 2021 ގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކޮށްފައިވާ އިޢުލާނުގައި މި ކޯހުގެ ޝަރުތުތައް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން މި ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ އެގްރިކަލްޗަރަލް އިކޮނޮމިކްސް/ އިކޮނޮމިކްސް/ އެގްރިކަލްޗަރަލް މާރކެޓިންގ އެންޑް ކޯޕަރޭޝަން އިން މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށް ވުމާއެކު، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ވަނީ ޝަރުތު ކޮށްފައެވެ. އދި މީގެއިތުރުން 30 ސެޕްޓެންބަރ 2021 ގެ ނިޔަލަށް އުމުރުން 40 އަހަރު ވެފައި ނުވުމާއިއެކު މިކަމަށް ފުރުޞަތު ހުޅުވާލައި ކޮށްފައިވާ ޢިއުލާނާއިއެކު އަޕްލޯޑްކުރެވިފައިވާ ކޯހުގެ މަޢުލޫމާތު ޝީޓުގައި ހިމެނޭ އެހެނިހެން ޝަރުތުތަށް ފުރިހަމަވުން ވަނީ ލާޒިމް ކޮށްފައެވެ.
މި ކޯހަށް ކުރިމަތިލުމުގައި ހުށަހަޅަންޖެހޭ ތަކެތި ގޮތުގައި އެޕްލިކޭޝަން ފޯމާ، ކުރިމަތިލާ ފަރާތުގެ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ފުލް ޓްރާސްކްރިޕްގެ ކޮޕީއާއެކު އެޓެސްޓް ކުރެވިފައި) އާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އިތުރުން ސީވީ ހުށަހަޅަން ޖެހެއެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުން ފުޅުވާނަމަ މިމިނިސްޓްރީގެ ނަމްބަރ 3339241 އަށް ގުޅުއްވުމަށް ވަނީ އެދިލައްވާފައެވެ.
ކީހަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން 22 ސެޕްޓެންބަރ 2021 ވަނަ ދުވަހުގެ 13.00 ގެ ކުރިން އެ މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް ނުވަތަ ކޯހަށް އެދޭ ލިޔުންތައް އީ-މެއިލް (hr@fishagri.gov.mv) ޒަރިއްޔާއިން މި އީމެއިލްއަށް ފޮނުވުމަށް އެ އޮފީހުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!