ހދ. ކުޅުދުއްފުށިގައި އަޅަން ފަށާފައިފާ އިންޑޯ ކޮމްޕްލެކްސްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވަލުކޮށްފައި ވަނީ ކޮޕެއިންސް އިންވެސްޓްމަންޓު ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

Ad
rt

ކުޅުދުއްފުށިގައި އިންޑޯ ކޮމްޕްލެކްސް އެއް އެޅުމަށް އެންމެ ފުރަތަމަ ބަޔަކަ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އެ އަހަރުގެ ޑިސެމްބަރ މަހު ނިންމުމަށް ހަވާލުކުރި މަސައްކަތް އަދި މިއަދާއި ހަމައަށް ވެސް ނުނިމި އޮތްކަން ފާހަގަކޮށްލެވެއެވެ.