ސާނަވީ ތައުލީމުގެ މަރުހަލާ ނިންމާ އިމްތިހާނު ރާއްޖޭގެ 235 ސެންޓަރެއްގައި މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވި ގޮތުގައި މި އިމްތިހާނުތަކުގައި ޖުމްލަ 5955 ދަރިވަރުން ބައިވެރިވެއެވެ.
އިމްތިހާނު ސެންޓަރުތައް މިއަދު ފެށުނު އިމްތިހާނަށް ފުރިހަމައަށް ތައްޔާރުވެފަ ވާކަމަށް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.
އެ މިނިސްޓްރީން އިތުރަށް ހާމަކުރަށްވާ ގޮތުގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން އިމްތިހާނު ހެދޭ ހަލަތުގައި ތިބި ދަރިވަރުންނަށް އިމްތިހާނު ފޯރުކޮށްދިނުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.
މި އިމްތިހާނު ކުރިއަށްދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މި އަހަރުގެ އިމްތިހާނުގައި ބައިވެރިވެފައިވާ ޖުމްލަ 5،955 ދަރިވަރުންނަކީ މާލެއިން އިމްތިހާނު ހަދާ 2،196 ދަރިވަރުންނާއި، އަތޮޅުތެރެއިން އިމްތިހާނު ހަދާ 3،759 ދަރިވަރުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!