ހއ. މާރަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2" ސެޓްފިކެޓް ލެވެލްގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާގުޅިގެން އެ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މި ކޯހަކީ ކަނޑުދަތުރުފަތުރުގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު އިތުރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން، ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށެވެ. އަދި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައިކަމަށް ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ޝަރުޠުތަކުގެ ތެރޭގައި، 01 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 16 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުމާއެކު، ދިވެހިބަހުން ލިޔަންކިޔަން ދަންނަ ފަރާތަކަށް ވާންޖެހޭކަމުގައި ވެސް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން ކައުންސިލުން ބުނެފައިވަނީ، މި ކޯހުގައި ކިޔެވުމަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަކީ ކޯހުގެ ބައިވެރިންގެ އަމިއްލަ ޒިންމާއެއްކަމަށެވެ.
ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 01 ނޮވެންބަރު 2026 އިން ފެށިގެން 15 ނޮވެންބަރު 2026 ގެ ނިޔަލަށް، ރަސްމީ ގަޑީގައި 9198712 ނަންބަރު ފޯނަށް ގުޅުއްވައިގެން ނަންނޯޓު ކުރެއްވުމަށް މާރަންދޫ ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!