"ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1448"ގައި ބައިވެރިވުމުގެ ފުރުޞަތު ހއ. ކެލާ ކައުންސިލުން ހުޅުވާލައިފިއެވެ.

މިއީ ކެލާ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 19 އިން 2026 ނޮވެންބަރު 21 އަށެވެ.

Ad
rt

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން، ޖުމްލަ 07 ޢުމުރު ފުރާއެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ކެލާ ކައުންސިލުން ހާމަކުރެއެވެ. އެއީ ޚާއްޞަ އެހީއަށް ބޭނުންފަރާތްތަކާއި، 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 15 އަހަރުންދަށުގެ ޢުމުރުފުރާގެ އިތުރުން 20 އަހަރުން ދަށާއި، 20 އަހަރުން މަތީގެ އުމުރުފުރާއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 ނޮވެންބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުމަށް، އެ ކައުންސިލުން އެދިފައިވެއެވެ.

މީގެއިތުރުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.