ހއ. މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ.
އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން މި ޢިއުލާން ކުރީ 16 މާޗް 2020 ގައި އެކަމަށް ކުރި ޢިއުލާން ބާޠިލު ކުރުމަށްފަހު އެވެ.
މިގޮތުން މާރަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 27 އިންފެށިގެން ފެބްރުއަރީ 4 ވަނަ ދުވަހުގެ ނިޔަލަށް، އެދުވަސްތަކުގެ ތެރެއިން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:30 އާއި ދެމެދު އެ ރަށު ކައުންސިލްގެ އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދޭކަމަށެވެ.
އެމަސަތްކަތަށް އެދޭ ފަރާތްތަކުގެ މެދުގައި އޮންނަ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2021 ފެބްރުއަރީ 11 ދުވަހުގެ ހެނދުނު 9:30 ގައިކަމަށާއި، އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2021 ފެބްރުއަރީ 14 ދުވަހުގެ ހެނދުނު 9:30 ގައި، އެ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށް އެ ޢިއުލާންގައި ވެއެވެ.
މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު އެ ކައުންސިލާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް 2020 ވަނަ އަހަރުގެ މާރިޗް 1 ވަނަ ދުވަހު މާލޭ ސިޓީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގެ ތެރޭގަ އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް އަމިއްލަ އަށް ހިންގަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ވެސް ކުރިއަށްގެންދަން ކައުންސިލްތަކާ އޭރު ހަވާލުކުރީ އޭގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!