ހއ.ދިއްދޫގެ ޖަމުޢިއްޔާއެއް ކަމަށްވާ "ދިއްދޫ އެކުވެރިކަމުގެ ޗޭނު" ގެ ފަރާތުން މި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ޢަރަބި ބަސް ދަސްކޮށްދޭ ކުލާސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ.
ްއެޖަމިއްޔާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ކުލާސްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޢަރަބި ބަހުންނާއި އިނގިރޭސި ބަހުންކަމަށެވެ. އަދި މި ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްކޫލް ކުދިންނާއި ބޮޑެތި މީހުންނަށް ވަކިންކަމަށެވެ. މިއިން ކޮންމެ ކުލާހަކުންވެސް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ 15 ދަރިވަރަކަށެވެ.
ނޮވެންބަރު މަހު ފެށުމަށް ތާވަލް ކޮށްފައިވާ ޢަރަބި ކުލާހުގައި ބައިވެރިވާން ބޭނުންވާ ގްރޭޑް 5 ކުން މަތީގެ ކުދިންނަށާއި މި ކަމަށް ޝައުޤުވެރިވާ ބޮޑެތި މީހުންނަށް ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އެ ޖަމުޢިއްޔާގެ ފަރާތުން ހުޅުވާލާފައެވެ. އެގޮތުން މި ކުލާހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9990310 މި ނަންބަރަށް ގުޅުއްވާ ނަން ނޯޓްކުރެއްވުމަށް އެ ޖަމުޢިއްޔާގެ ފަރާތުން އެދިލަށްވާފައިވެއެވެ.
މިކުލާސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ނަން ނޯޓްކުރައްވާ ތަރުތީބުން ކަމުގައިވެސް އެފަރާތުން މަޢުލޫމާތު ދެއެވެ.
"ދިއްދޫ އެކުވެރިކަމުގެ ޗޭނު" ޖަމުޢިއްޔާގެ ފަރާތުން އަންނަނީ އެރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދީނީގޮތުން ތަފާތު އިވެންޓްތަކާއި މުބާރާތްތައް ބާއްވަމުންނެވެ. އެގޮތުން މިއަހަރުގެ ޖޫން މަހު އެ ޖަމުޢިއްޔާގެ ފަރާތުން އެރަށުގައި ބޭއްވިގެންދިޔަ ދިޔަ ޤުރުއާން މުބާރާތް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!