މާލޭސިޓީގައި ހުރި ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލުކުރަން ބޭނުންވާ ފޯމް ހުށައެޅުމަށް ޚާއްސަކޮށް ތައްޔާރުކުރި އޮންލައިން ޕޯޓަލް އިފްތިތާހް ކޮށްފިއެވެ.

މި އޮންލައިން ޕޯޓަލް އިފްތިތާހް އިފްތިތާޙް ކޮށްފައި ވަނީ އިއްޔެ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އޮތް ރަސްމިއްޔާތެއް ގައިއެވެ.

Ad
rt

އެޑިޔުކޭޝަން މިނިސްޓްރީއިން ބުނީ މި ޕޯޓަލްއިން ފޯމާ ގުޅޭ ލިޔެކިއުންތައް ވެސް އޮންލައިންކޮށް ހުށައެޅޭނެ ކަމަށެވެ. އަދި މި އިފްތިތާހް ކުރެވުނު އޮންލައިން ޕޯޓަލްއާއެކު ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަރުހަލާތަކުގައި ބެލެނިވެރިން މިނިސްޓްރީއަށާއި، ސްކޫލްތަކަށް އަންނަން ނުޖެހި ފަސޭހަ ކަމާއެކު ސްކޫލަށް ވެއްދުމުގެ ކަންކަން ކުރެވޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައި އެވެ.

މާލޭސިޓީގައި ހުރި ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލުކުރަން ބޭނުންވާ ފޯމް ހުށައެޅުމަށް ޚާއްސަކޮށް ތައްޔާރުކުރި އޮންލައިން ޕޯޓަލް އިފްތިތާހް ކޮށްފައިވާއިރު، ކޯވިޑްގެ ސަބަބުން މެދުކަނޑާލަން ޖެހުނު ސްކޫލްތަކުގެ ކިޔެވުން މިހާރު މާޅޭ ސިޓީގައި ވަނީ ގްރޭޑް 7 އިން މައްޗަށް ފަށާފައި އެވެ.

އަތޮޅުތަކުގެ ކޯވިޑްގެ އެކްޓިވް ކޭސް ނެތް ރަށްތަކުގައި އަންނަނީ ކިޔަވައި ދެމުންނެވެ. ކޯވިޑްގެ ސަބަބުން އެ މިނިސްޓްރީއިން ކިޔަވައިދިނުން ވަނީ އޮންލައިން ކްލާސްތަށް މެދި ވެރިކޮށާއި އަދި ޓެލިކިލާސް މެދުވެރިކޮށް ވެސް ކުރިއަށް ގެންގޮސްފައި އެވެ.