ހއ. ކެލާ ފެނަކަ އަައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. ކެލާގައި ފެނަކައިން އަލަށް އިމާރާތް ކުރުމަށް ނިންމާފައި ވަނީ 2 ބުރީގެ ޒަމާނީ އޮފީސް އިމާރާތެކެވެ.
މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ކެލާ، ފެނަކަ 2 ބުރީގެ އަައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ 1- 4 އޮކްޓޯބަރ 2020 އަށް، އެދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚަކީ8 ނޮވެމްބަރު 2020ގެ މެންދުރުފަހު 14:00 އެވެ. މަޢުލޫމާތު ސާފު ކުރެއްވޭނީ އީމެއިލްގެ ޒަރިއްޔާއިން ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
މި މަސައްކަތަށް ކުރިމަތި ލުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައި ވަނީ 16 ނޮވެމްބަރު 2020ގެ ހެނދުނު 10:00 އެވެ. މި މި މަސައްކަތަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވަން ޖެހެނީ ފެނަކަ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށެވެ.
"ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ tender@fenaka.mv އަށެވެ." ފެނަކައިން ބުނެފައި ވެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެ ކަމަށް ފެނަކައިން ހާމަކުރަށްވައެވެ.
https://t.co/avpmUJn4xN ކެލާގައި ފެނަކާގެ އައުއޮފީހެއް އެޅިގެން ދިއުމަކީ ކެލާގެ ތާރީހުގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެން ދާނެކަމެއް، ޝުކުރިއްޔާ @ibusolih @TeamFenaka
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) October 29, 2020
ކެލާގައި ފެނަކަ 2 ބުރީގެ އަައު އޮފީސް އިމާރާތެއް އެޅުމަށް އިޢުލާން ކުރުމާއި ގުޅިގެން ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ ކެލާގައި ފެނަކައިގެ އައު އޮފީހެއް އެޅިގެން ދިޔުމަކީ ކެލާގެ ތާރީޚްގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެން ދާނެ ކަމެއް ކަމަށެވެ.
އެކަމަށްޓަކައި މެންބަރު ޝަރީފް ވަނީ ފެނަކަ ކުންފުނީގެ މެނޭޖް މަންޓަށާއި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްއަށް ޝުކުރު ދަންނަވާފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!