ހއ. ފިއްލަދޫގައި ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ.
އެރަށުގައި ހިނަވާގެއެއް އެޅުމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ ފަރާތުން ކުރި ޢިޢުލާންގައިވާ ގޮތުން، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 8 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަނީ ފުރުޞަތު ހުޅުވާލައިފައި އެވެ.
އެ މަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ފުރުޞަތު ދީފައި ވަނީ 16 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 13:00 އަށެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ ފިއްލަދޫ ކައުންސިލަށެވެ.
އެ ޢިއުލާންގައި އިތުރަށް ބުނެފައިވާ ގޮތުގައި، އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހުގައެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ޢިއުލާންގައި ބުނެފައި ވެއެވެ.
ހއ. ފިއްލަދޫގައި ހިނަވާގެއެއް އަޅަން ކައުންސިލުން ޢިއުލާން ކޮށްފައިވާއިރު، އެރަށައަކީ ރަޖިސްޓަރީގައި 1118 މީހުން ތިބި ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!