ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމުގެ އިތުރުން މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ހޮޅިވަޅުލުމުގެ މަސައްކަތުގެ %62 މަސައްކަތް މިހާރުވަނީ ނިމިފައެވެ.
ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން ހޮޅިވަޅުލުމުގެ މަސައްކަތުގެ %62 މިހާރުވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 15 ޖޫން 2019 ގައި. pic.twitter.com/Oi2WLINGsV
— MTCC Plc (@MTCCPlc) October 14, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 15 ޖޫން 2019 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!