އިންތިހާބީ ރައީސްގެ ފުރަތަމަ ދަތުރުފުޅު ތ. ގުރައިދޫއަށް
ވައުދުވެވަޑައިގެންނެވިގޮތަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ދަތުރުފުޅު ތ. ގުރައިދޫއަށް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ. އެކަން ހާމަކުރައްވާފައިވަނީ ‘ވަގުތު ޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި މުއިއްޒު ވިދާޅުވެފައިވަނީ ކެމްޕެއިންގެ ތެރޭގައި ކޮންމެ ރަށަކަށް ވަޑައިގަތުމުން ވެސް އެދެމުން ދިޔައީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެ ރަށަކަށް ވަޑައިގަތުމަށް ކަމަށެވެ. އެހެންނަމަވެސް އެއްފަހަރާ ހުރިހައި ރަށަކަށް ވަޑައިނުގެންނެވޭނެކަން ހާމަކުރައްވާ އެމަނިކުފާ...