މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޣައްސާން މައުމޫން

9 Stories filed
ދިފާއީ ވަޒީރު ޣައްސާން އިސްތިއުފާ ދެއްވައިފި
Raajje

ދިފާއީ ވަޒީރު ޣައްސާން އިސްތިއުފާ ދެއްވައިފި

ދިފާއީ ވުޒާރާގެ މުޙައްމަދު ޣައްސާން މައުމޫން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޣައްސާނު މަގާމުން އިސްތިއުފާދެއްވި ނަމަވެސް، މި ނިންމެވުން ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ. ޣައްސާން ދިފާއީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ. ޣައްސާނު އިސްތިއުފާ ދެއްވިއިރު، ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޢަލީ އާރިފް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް މިއަދު ވަނީ މަގާމުން ވަކިކުރަށްވާފައެވެ.

ރައީސަށް އައްސަރިބަހާ ސާބަސް، އިންތިހާބާ ކުރިމަތިލީއިރު ސިޔާސީ ހައްޔަރީންނެއް ނެތް: ޣައްސާން
Raajje

ރައީސަށް އައްސަރިބަހާ ސާބަސް، އިންތިހާބާ ކުރިމަތިލީއިރު ސިޔާސީ ހައްޔަރީންނެއް ނެތް: ޣައްސާން

ސަރުކާރުގެ ފަރާތުން އެއްވެސް ބޭފުޅަކަށް ސިޔާސީ ގޮތުން ތުހުމަތުކުރެވި ހައްޔަރުކުރެވިގެން އުޅޭ ތަން ނުފެންނަ ކަމަށާއި އެއްވެސް މައްސަލައަކަށް ދިވެހި ސަރުކާރުން ވަދެގެން ނޫޅޭކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ވަޒީރު ވިދަޅުވީ ރައީސް މުއިއްޒު މަގާމުގެ ހުވައިކު...

ދިވެހި ކަނޑުތައް ހިމާޔަތްކުރުމުގައި އެންމެ ކުރީ ސަފުގައި މަސްވެރިން މަސައްކަތްކުރޭ: ޣައްސާން
Parliament

ދިވެހި ކަނޑުތައް ހިމާޔަތްކުރުމުގައި އެންމެ ކުރީ ސަފުގައި މަސްވެރިން މަސައްކަތްކުރޭ: ޣައްސާން

ދިވެހިރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި އެންމެ ކުރީ ސަފުގައި ދިވެހި މަސްވެރިން މަސައްކަތްކުރަމުން އަންނަކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައްމޫން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު ދާއޫދު ކުރެއްވި ސުވާލު: ”އަޅުގަނޑުގެ ސުވާލަކީ 2010ގައި އެމ.ްޑ.ީޕީ ވެރިކަމުގައި ރާއްޖޭ...

''އިންޑިއާ އާއެކު ދިފާއީ 4 އެއްބަސްވުމެއް، ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން''
Parliament

''އިންޑިއާ އާއެކު ދިފާއީ 4 އެއްބަސްވުމެއް، ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން''

އަވަށްޓެރި އިންޑިއާ އާއި އެކު ދިފާއީ ދާއިރާއިން އޮތީ ހަތަރު އެއްބަސްވުމެއްކަމަށާއި، އެ އެއްބަސްވުންތަކުން ބައެއް އެއްބަސްވުންތަކަށް ބަދަލުގެނެވި، އަނެއްބައި އެއްބަސްވުންތަކަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަށްވަމުންގެންދަވާކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައްމޫން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުނ...

ޣައްސާނަށް ރުހުން ދީފި
Parliament

ޣައްސާނަށް ރުހުން ދީފި

ދިފާޢީ ވަޒީރު މުހައްމަދު ޣައްސާނު މައުމޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ. ޣައްސާނުގެ ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. މި ވޯޓުގައި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ޣައްސާނަށް ރުހުން ދޭން ބޭނުންވާ ވޯޓ...

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ހިންގުން ދިފާޢީ ވަޒީރަށް
Raajje

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ހިންގުން ދިފާޢީ ވަޒީރަށް

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާ ހަވާލުކޮށްފިއެވެ. ރައީސް އޮފީހުން ބުނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި ހަވާލުކޮށްފައިވާ ކަމަށެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގަން ދިފާއީ ވަޒީރާއި ހަވާލުކުރެއްވީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ  23 ނޮވެމްބަރު 2023 ގައި ޗުއްޓީއެއްގައި ރާއްޖެއިން ބ...

ވަގުތީ ފައިސާ ކޮޅަކަށް ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި، މުދާ ވިއްކާނުލާ: ޣައްސާން
Raajje

ވަގުތީ ފައިސާ ކޮޅަކަށް ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި، މުދާ ވިއްކާނުލާ: ޣައްސާން

ވަގުތީ ފައިސާ ކޮޅަކަށް ސަރުކާރު ކުންފުނިތަކުގެ ހިއްސާއާއި، މުދާ ވިއްކާނުލުމަށް ޕީޕީއެމްގެ ނައިބުރައީސް ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ. ޣައްސާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދައުލަތުގެ މުދަލާއި، ސަރުކާރުގެ ކުންފުނިތަކުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށެވެ. އޭނާ ވަނީ މިހާލަތުގައި ކުރަން ނުވާހާ ބޮޑެތި ހަރަދުތައް ކުރުމަށްފަހު އެކަން ފޫބައްދަން ވަގުތީ ފައިސާކޮޅެއް ހޯދުމަށްޓަކާ، ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި، މުދާ ވިއްކާނުލަން ގޮވާލައްވާފައެވެ. ޣައްސާން މައުމޫން މިހެން ވިދާޅުވީ، މޯލް...

ކުރިން ހީކުރީ ސަމާސާކަމަށް، ޖާބިރުގެ ހިތުގެ ހަގީގީ ކުލަފެނުމުން ވަރަށް ދެރަވެއްޖެ: ޣައްސާން
Raajje

ކުރިން ހީކުރީ ސަމާސާކަމަށް، ޖާބިރުގެ ހިތުގެ ހަގީގީ ކުލަފެނުމުން ވަރަށް ދެރަވެއްޖެ: ޣައްސާން

މަޖިލިސްތެރޭގައި ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު ކިއުއްވާ އެއްޗެއްސަކީ ސަމާސާ ކަމަށް ހީކުރެއްވުނު ކަމަށާއި، ނަމަވެސް ޢާއިލާ ދިމާވެފައިވާ ހިތްދަތި ވަގުތުގައި ޖާބިރު ކަންކުރެއްވި ގޮތުން، ޖާބިރުގެ ހިތުގެ އަސްލު ކުލަ ފެނި، ވަރަށް ދެރަވެއްޖެ ކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. ޣައްސާންގެ ޓުވީޓުގައި ވަނީ ޑީއާރުޕީގެ ލީޑަރުކަން ވެސް [...

ދޮގު ހެދުން ނޫން ކަމެއް ނުދައްނަ މީހެއްގެ ބަސް ދެން ދިވެހިން ޤަބޫލެއް ނުކުރާނެ: ޣައްސާން
Raajje

ދޮގު ހެދުން ނޫން ކަމެއް ނުދައްނަ މީހެއްގެ ބަސް ދެން ދިވެހިން ޤަބޫލެއް ނުކުރާނެ: ޣައްސާން

ދޮގުހެދުން ނޫން ކަމެއް ނުދައްނަ މީހެއްގެ ބަސް ދިވެހިން ދެން ޤަބޫލެއް ނުކުރާނެ ކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. ޣައްސާން ވިދާޅުވީ ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު އަނެއްކޮޅުން އޮޅުވާލީ ކަމަށް ބުނާ ކަމަށާއި، އިސްތިއުފާދީފައި ވެސް ބަޣާވާތެއް ކުރީކަމަށް ބުނި ކަމަށެވެ. ވެރިކަންކަމާއި، މަޖިލިސް ލިބި ހުރިހާ ބާރެއް ލިބުނީމާވެސް ކުރީ […]