2020 ވަނަ އަހަރު ރާއްޖެއަށް ތިން ކޭތަ ފެންނާނެ ކަމަށް އިސްލާމިކް މިނިސްޓރީއިން ހާމަކޮށްފިއެވެ.

2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ކަލަންޑަރުގައި ހިޖުރީ ތާރީޚު ހިމަނަންވީ ގޮތުގެ މަޢުލޫމާތު ޢާންމު ކުރުމަށް އިސްލާމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިޢުލާނނުގައި ކުރިއަށް އޮތް އަހަރު ރާއްޖެއަށް ތިން ކޭތައެއް ފެންނާނެ ކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ދެ ހަނދުކޭތައަކާއި އެއް އިރު ކޭތަ ހިފާނެއެވެ.

Ad
rt

މިނިސްޓްރީއިން ހާމަކުރިގޮތުގައި 10 ޖަނަވަރީ 2020 ވާ ހުކުރު ދުވަހުގެ ރޭ ފަނޑުހިޔަނީގެ ހަނދު ކޭތައެއް ހިފާނެއެވެ. މި ކޭތަ ހިފަން ފަށާނީ، ރާއްޖޭގަޑިން 22:07 ގައެވެ. މިކޭތަ އެނމެ ބޮޑަށްހިފާފައި ހުންނާނީ، 11 ޖަނަވަރީ 2020 ވާ ހޮނިހިރު ގެ 00:10 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 02:12 ގައެވެ. މިކޭތަ ރާއްޖޭގެ ހުރިހައި ތަނަކަށް ފެންނާނެއެވެ.

މީގެ އިތުރުން 5 ޖޫން 2020 ވާ ހުކުރު ދުވަހުގެ ރޭ ފަނޑުހިޔަނީގެ ހަނދު ކޭތައެއް ހިފާނެއެވެ. މި ކޭތަ ހިފަން ފަށާނީ، ރާއްޖޭގަޑިން 22:45 ގައެވެ. މިކޭތަ އެނމެ ބޮޑަށްހިފާފައި ހުންނާނީ، 6 ޖޫން 2020 ވާ ހޮނިހިރު ގެ 00:24 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 02:04 ގައެވެ. މިކޭތަ ރާއްޖޭގެ ހުރިހައި ތަނަކަށް ފެންނާނެއެވެ.

21 ޖޫން 2020 ވާ އާދިއްތަ ދުވަހު ފަޅި އިރު ކޭތައެއް ހިފާނެއެވެ. މި ކޭތަ ހިފަން ފަށާނީ ރާއްޖޭގަޑިން ހެނދުނު 09:39 ގައެވެ. އެންމެބޮޑަށް ހިފާފައި ހުންނާނީ ހެނދުނު 10:51 ގައެވެ. ކޭތަވީއްލާނީ މެންދުރު 12:14 ގައެވެ.