ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް (ޕީޓީއެމް) ޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު އެ ޖަމްޢިއްޔާއިން ހުޅުވާލައިފިއެވެ.
މިގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ މުދައްރިސުންނަށާއި ހުރިހާ ޚިދުމަތް ތެރިންނަށް އެޖަމްޢިއްޔާއިން ވަނީ އެޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.
ޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލަމުން އެ ޖަމްޢިއްޔާއިން ބުނީ އެ ޖަމްޢިއްޔާގެ ޙަރަކާތްތައް ފަށައިގަތުމުގެ މަރުޙަލާ ދިމާވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، އާ ޢާއްމު ޙާލަތު (ނިއު ނޯމަލް) އަށް ސްކޫލު މަދަރުސާތަކާއި، ޢާއްމުންވެސް ކުރިމަތިލާ ދުވަސްވަރާކަމަށެވެ.
އެހެންކަމުން އެ ޖަމްޢިއްޔާގެ ޙަރަކާތްތައް ކުރިއަށް ގެންދާނީ ޙާލަތަށް ރިޢާޔަތްކުރެވިގެން މި ދަނޑިވަޅާ އެކަށޭނަ ގޮތުގެމަތިން ކަމަށް އެޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
"މި ޖަމްޢިއްޔާގެ މެމްބަރަކަށް ވެލައްވާ"
މެމްބަރަކަށް ވުމަށް އެދޭ ފޯމްގެ ފޯލްޑަރhttps://t.co/5Jxgc8ZHLf
ފޯމްގެ ޕީޑީއެފްhttps://t.co/YY3rBPdIM2
ފޯމްގެ ވޯޑް ފައިލްhttps://t.co/PKfXDibNI1
ފޯމްގެ އިމޭޖް ފައިލްhttps://t.co/kPN16GLsLm pic.twitter.com/qJpOm7ZyCS
— Professional Teachers of Maldives (@TeachersMv) June 19, 2020
ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް ޖަމްޢިއްޔާއަކީ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ މޮޓޯ އަކީ "މަސްއޫލިއްޔަތު، އިޚްލާޞްތެރިކަން، ޙައްޤުތައް" އެވެ.
އެ ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ތަޢުލީމް ދިނުމުގެ ނިޒާމް ހަރުދަނާކޮށް ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމާއި، މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގުމެވެ. އަދި އެ އަމާޒުތައް ޙާޞިލްކުރުމުގައި ސްކޫލް މަދަރުސާތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން މަސައްކަތްކުރުމެވެ.
އިތުރު ލުއިފަސޭހައެއް: ގޫގުލް ފޯމަކުން މެމްބަރުކަމަށް އެދި އޮންލައިންކޮށް ހުށަހަޅުއްވާ!https://t.co/GQUemGyhSn
— Professional Teachers of Maldives (@TeachersMv) June 19, 2020
އެޖަމްޢިއްޔާ ރަޖިސްޓަރީ ވުމާއި ގުޅިގެން އެ ޖަމްޢިއްޔާއިން ކުރިން ބުނެފައި ވަނީ އެޖަމްޢިއްޔާގެ ޙަރަކާތްތައް ފެށިގެން ދާއިރު އިސްކަން ދޭނީ ޓީޗަރުންގެ ޖުމްލަ ތަރައްޤީ އަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!