ހދ. ނޮޅިވަރަމް ވަލުން ކުރުކުރާއި، ހިއްތަލަ ކޮނުމަށް އަދި ކަނޑޫފަލުން ކަނޑޫ ހޮވަން އެރަށުގެ ރައްޔިތުންނަށް ނޮޅިވަރަމް ކައުންސިލުން ދީފައިވާ ހުއްދަ އެ ކައުންސިލުން ބާތިލުކޮށްފިއެވެ.

ނޮޅިވަރަމްގައި ކުރުކުރާއި، ހިއްތަލަ ކޮންނަނަމުން އަންނަނީ އަދި ކަނޑޫ ހޮޮވަމުން އަންނަނީ އެރަށުގެ ކައުންސިލުން ހުއްދަދޭ މުއްދަތެއްގެ ތެރޭގައެވެ.

Ad
rt
ނޮޅިވަރަމުގައި ކުރުކުރު ކޮނެފައި

ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާޙީމް ރަޝީދު "ތިލަދުން" އަށް ވިދާޅުވީ މިފަހަރު ހުއްދަ ދީފައި އޮންނަތާ މަހެއް ވަރު ވެއްޖެ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ހުއްދަ ދެނީ އެންމެ ދުވަހަކަށް ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

" މިދުވަސްވަރުގެ ގޮތުން އަޅުގަނޑުމެން ދިގު މުއްދަތެއް ދިނީ، އެ ފުރުސަތު މި ބަންދުކޮށްލީ ކުރުކުރު، ހިއްތަލަ އަދި ކަނޑޫވެސް ހުސްވެދާނެތީ، ކުޑަކޮށް މަދު ޖައްސާލާފައި ފުރުޞަތުދޭން، މޫސުމީގޮތުން މިއަކީ އެބާވަތްތަކުގެ މޫސުން، ކޯވިޑާއި ގުޅިގެން ގިނަ ދުވަހު އެބާވަތްތައް ލިބެން ހުންނަގޮތަކަށް ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމަކަށްވާތީ އެ ހުއްދަ މިވަގުތަށް ބާތިލުކުރީ" އިބްރާޙީމް ވިދާޅުވިއެވެ.

ނޮޅިވަރަމް ބަޔަކު ކުރުކުރު ކޮންނަނީ

އިބްރާޙީމް ވިދާޅުވީ އެރަށުގެ ރައްޔިތުން އަބަދުވެސް ބޯލަނބަނީ ކައުންސިލުން ނިންމާ ނިންމުމަށް ކަމަށްވާތީ، އެ ހުއްދަ ދިނުމުން ނޫނީ އެބާވަތްތައް ހޯދަން ރައްޔިތުން ވަލަށް ނުދާނެކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް އެތަކެތީގެ މޫސުން އައުމުން ކައުންސިލުން އާންމު ހުއްދައެއް ދޭ ކަމަށް އިބްރާޙީމް ވިދާޅުވިއެވެ.

ނޮޅިވަރަމަކީ ބިން ބޮޑު ވަލުގައި ގިނަ އަދަދަކަށް މިފަދަ ބާއްވަތްތައް ހެދޭ ރަށެކެވެ. އެރަށަކީ ރާއްޖޭގައި ބިލެތް ހެއްދުމަށްވެސް މަޝްހޫރު ރަށެކެވެ.