މިހާ ހިސާބަށް އައިއިރު 900 އަށް ވުރެ ގިނަ ސީދާ ބައްދަލުވި މީހުން ވަނީ ދެނެގަނެވިފައި ކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާލުވީ ކ. ގުރައިދޫ ހިމެނޭހެން 164 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންދެވިފައި ވާކަމަށެވެ.

Ad
rt

އެނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު މެންދުރު ފަހު ފަހުން އިއުލާންކުރި ކޭސްތަކުގެ ތެރެއިން ކޭސް 55 ކަމުގައިވާ ލިލީ ބާޒާރުގެ މުވައްޒަފަކީ ޑެލިވަރީގައި އުޅުނު މީހެއް ކަމަށެވެ. އަދި އިހުސާން މާފަންނު ފިހާރައިގެ ދެ މުވައްޒަފަކު ހިމެނޭތީ މި މަހުގެ 15 އިން 17 އަށް މާފަންނު އިހުސާން ފިހާރަ އަށް ދިޔަ މީހުން އެޗްޕީއޭއަށް އަންގަވައިދެއްވުން އެދޭ ކަމަށެވެ.

އިތުރަށް ޑރ. ނަޒްލާ ވިދާޅުވީ މި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް އަދި 15 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ބާޒާރު ލިލީ އަށް ދިޔަ އެންމެން އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް އެދޭކަމަށެވެ.

މިހާރު ރާއްޖެއިން މިބަށްޔަށް ފައްސިވި މީހުންގެ ޖުމްލަ ޢަދަދު 67 އަށް ވަނީ އަރާފައެވެ.