ގައުމީ އެއާރ ލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަންއިން ބުނީ ހަނިމާދޫއިން ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. ކުރިއަށް އޮތް މަހެއްހައި ދުވަސްތެރޭ މި ދަތުރުތަކުގެ ޝެޑިއުލް އިއުލާނު ކުރެވޭނެ ކަމަށްވެސް މޯލްޑިވިއަންއިން ބުންޏެވެ.
އަދި މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ބޭސް ފަރުވާއަށްދާ ދިވެހިންނަށް ފަސޭހަ ގޮތްތަށް ފަހި ކުރުން ކަމަށާއި އިންޑިއާގެ ފަތުރުވެރިކަން ރާއްޖެއަށް ފުޅާކުރުން ކަމަށެވެ. އަދިވެސް އިތުރު މަންޒިލް ތަކަށް ދަތުރުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ.
އެ އެއާލައިނުން ދަނީ ބައިނަލްއަގުވާމީ އިތުރު މަންޒިލުތަކަށްވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިއާގެ އިތުރު ސިޓީތަކަށާއި ލަންކާގެ ކޮލަމްބޯ އަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންއިން މިހާރު ހަނިމާދޫއާއި ޓްރެވިންޑްރަމްއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވައެވެ. އަދި މޯލްޑިވިއަންގެ ފުލައިޓް ހަނިމާދޫއިން ބައިނަލްއަގުވާމީ މަންޒިލަކަށް ދަތުރުކުރަނީ ހަމައެކަނި އިންޑިޔާގެ ޓްރިވެންޑްރަމްއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!