ހއ. ހޯރަފުށީގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތައް ހޯރަފުށީ ކައުންސިލުގައި ރަޖިސްޓްރީކުރުމަށް އެކައުންސިލުން އެދިއްޖެއެވެ.
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ހޯރަފުށީ ކައުންސިލުން ބަލަހައްޓަމުންގެންދާ ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވާތީ މިހާރު އެކަން ކުރަމުންގެންދާ ފަރާތްތަކުންނާއި އަލުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން އެއިދާރާގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅުއްވުން އެދޭކަމަށެވެ.
އެގޮތުން މީގެ ކުރިން މިދަފްތަރުގައި ރަޖިސްޓްރީވުމަށް ހުށަހަޅައިފައިވާ ފަރާތްތަކުންވެސް މިފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ހަނދުމަފުޅުކޮށް އަރުވާކަމަށް ބުނެފައިވެއެވެ.
މުޅި ދުނިޔެއަށް ފެތުރެމުންމިދާ ކޮވިޑް-19 އާއި ގުޅިގެން ހޯރަފުށީގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ރަށުކައުންސިލުން ބޭނުންވާތީ، ބިމުގެ ތަނަވަސްކަން ހުރި މިންވަރަކުން ބިން ދޫކުރުމަށް ގަސްދުކުރަމެވެ. އަދި މިކަމަށް ސައުގުވެރިވާ ފަރާތްތަކަށް ރަށުކައުންސިލުގެ އެހީތެރިކަން ލިބިގެންދާނެ.
އެކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.
ދަނޑުވެރިކަންކުރުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް އާދިއްތަ އަދި އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ން 14:00 އަށް ހަމަޖެހިފައިވާނެ ކަމަށާއި ފޯމުހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2020 އެޕްރީލް 21 ވަނަ ދުވަހުގެ 14:00 ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!