ކޮވިޑް -19 ގެ ސަބަބުން ވިޔަފާރިތައް ހީނަރުވުމާއި ގުޅިގެން މަސްވެރިންނާއި އޮޑިވެރިން، އެމްޓީސީސީއިން ގަނެފައިވާ ޔަންމާ އަދި ސުޒުކީ އިންޖީނަށް ފައިސާދެއްކުމުގައި ލުއިފަސޭހަ އިންތިޒާމްތަކެއް އެކުންފުނިން ހަމަޖައްސައިދީފިއެވެ.

މިގޮތުން އެމްޓީސީސީން ވަނީ ޔަންމާ އަދި ސުޒުކީ އިންޖީނު އިންސްޓޯލްމަންޓަށް ގަނެފައިވާ ކަސްޓަމަރުން ދައްކަން ހުރި ފައިސާ ތިން މަސް ދުވަހަށް ފަސްކޮށްދީފައެވެ.

Ad
rt

އެމްޓީސީސީން ބުނީ މިއީ ކޮވިޑް-19އާއި ގުޅިގެން އޮޑިވެރިންނާއި މަސްވެރިންގެ މަސައްކަތަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

އިންސްޓޯލްމަންޓަށް ނަގާފައިވާ އިންޖީނުތަކަށް ދައްކާ ފައިސާ ތިން މަހަށް ފަސްކޮށްދިނުމުގެ އިތުރުން މު މުއްދަތަށް ކަނޑައަޅާފައިވާ ފައިނޭންސް ކޯސްޓު ވެސް މައާފުކޮށްދޭން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

Covid-19: MTCC in Muhinmmu Fiyavalhu thakeh Alhaifi! | Thiladhun

Thiladhun | Voice of Thiladhunmathiކޮވިޑް-19: އެމްޓީސީސީއިން މުހިންމު ފިޔަވަޅުތަކެއް އަޅައިފިA hub for conversation about news and ideas from Bodu Thiladhunmathi.

އަލަށް ގެނައި މި ބަދަލާއެކު ޕޭމަންޓް ޝެޑިއުލްއަށް އައި ބަދަލުތައް ކޮންމެ ކަސްޓަމަރަށް ވެސް އެމްޓީސީސީން ހިއްސާކުރާނެ އެވެ.

އެމްޓީސީސީން ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖޭގައި ވެސް ފެތުރެން ފަށައިފައިވާތީ، އެވައިރަސް ފެތުރުން ކުޑަކުރުމަށާއި، އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ފަރާތްތަކަށާއި މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ފިޔަވަޅުތަކެއްވެސް އަޅާފައެވެ.