ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދަޑިމަގު، އަނޯނާގެ، ހަސަން ޛިހާން ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ޏ. ފުވައްމުލަކުން ކަމަށެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޛިހާން ހައްޔަރުކޮށްފައިވަނީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމާ ގުޅިގެންނެވެ.
އޭނާ ސޯޝަލް މީޑިއާގައި އެ ވާހަކަ ޕޯސްޓުކުރުމަށްފަހު، ފަހުން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!