ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މަރްޔަމް މާއީ ޖަމީލް މިއަދު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.

ލ. މުންޑޫ، ގުލްޒާރުގެ، މަރްޔަމް މާއީ ޖަމީލް (25އ) ވީނުވީއެއް ނޭނގި ގެއްލިގެން ޢާއިލާ އިން ކުރި ރިޕޯޓަކާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައި އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު މެންދުރު 12:30 ހާއިރުއެވެ.

Ad
rt

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މާއީ ވަނީ މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅުމަށްފަހު އެ ސްޓޭޝަނަށް ހާޒިރުވެފައެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުންގެ އިދާރާއިން މިހާރު ދަނީ ތަހުގީގުކޮށް ބަލަމުންނެވެ.