ހދ.މަކުނުދޫ ބެލެނިވެރިންނަށް ޢަމާޒުކޮއްގެން، ދަރިން ތަރުބިއްޔަތުކުރުމުގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.
މަކުނުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ(އތމ) ގުޅިގެން ކުރިއަށް ގެންދާ މި ސެޝަނަކީ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް އަޙުލުވެރި ކުރުމުގެ މަޤްޞަދުގައި ބާއްވާ ސެޝަނެކެވެ.
މި ސެޝަންގެ މުދައްރިބް، އައްޝައިޙް އަޙްމަދު ރިފްޢަތު "ތިލަދުން"އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާނީ، އިސްލާމީ ތަރުބިއްޔަތުގެ މުޙިއްމުކަމުގެ މައްޗަށެވެ. އެ ގޮތުން، އިސްލާމީ ތަރުބިއްޔަތުގެ އަސާސްތަކާއި، ރަސޫލާ މުޙައްމަދުޞޢވ އުނގަންނަވައިދެއްވާފައިވާ ތަރުބިއްޔަތުގެ ރިވެތި މިސާލުތައް މި ސެޝަނުގައި ކިޔައިދެވޭނެއެވެ.
މީގެއިތުރުން، ބަވަނަވަމުން މިދާ ދުނިޔޭގައި އިސްލާމީ ތަރުބިއްޔަތަށް ހުރި ޒަމާނީ ގޮންޖެހުންތަކާއި، އެ ކަންކަމުގެ ޙައްލު ހޯދާނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮއްދެވޭނެކަމަށް އައްޝައިޙް އަޙްމަދު ރިފްޢަތު ވިދާޅުވިއެވެ.
މި ސެޝަން އޮންނާނީ 4 ސެޕްޓެމްބަރ 2026ވާ ހުކުރު ދުވަހުގެ ރޭ 8:30ގައި އެ ރަށު ކާނިމާލަމުގައެވެ.
މި ސެޝަނަށްފަހު، ހުރިހާ ބައިވެރިންނަށް ރޭގަނޑުގެ ފަރިއްކޮޅެއް އޮންނާނެކަމަށް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ(އތމ)އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!