ނަރުދޫ ކައުންސިލުން، އެ ރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ހޭންޑްބޯލް ޓްރެއިނިން ސެޝަން ފަށައިފިއެވެ.

ކައުންސިލްގެ ނައިބް ރައީސް އަޙްމަދު މާހިރު ''ތިލަދުން'' އަށް ވިދާޅުވިގޮތުގައި މި ތަމްރީންގައި އެރަށުގެ 35 އަންހެންބޭފުޅުން ވަނީ ބައިވެރިވެފައެވެ. އަދި މި ތަމްރީނަކީ އަށް ދުވަހުގެ ތަމްރީނެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
d

ލިބުނު ބޮޑު ތަރުޚީބާއެކު މި ތަމްރީނުގައި ދުވާލަކު، ދެ ސެޝަން ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ހަވީރުގެ ވަގުތުކަމަށް ވާއިރު، 16 އަހަރުން މަތީގެ މީހުންނަށް ސެޝަން ނަގައިދެނީ ރޭގަނޑުގެ ވަގުތެއްގައެވެ.

ނަރުދޫ ކައުންސިލުން ކުރިުއަށްގެންދާ ހޭންޑްބޯލް ތަމްރީނުގެ ތެރެއިން، ފޮޓޯ: ނަރުދޫ ކައުންސިލް

"އަންނަ އަހަރު، ކައުންސިލްގެ ޓާގެޓަކީ، ދެ ޖިންސުގެ މީހުންނަށް އާންމުކޮށް ހުޅުވާލައިގެން ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުން." ނައިބް ރައީސް ވިދާޅުވިއެވެ.

Ad
df

ހޭންޑްބޯލްގެ ހުނަރު ކުޅުންތެރިންނަށް އިތުރުކޮށްދީ، ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމާއި، ރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އުފެއްދުމަކީ މި ޕްރޮގްރާމް ހިންގުމުގެ އަމާޒުކަމުގައި ނަރުދޫ ކައުންސިލުން ހާމަކުރިއެވެ.