މާލޭގެ ޓީޖެޓީ ސަރަހައްދަށް މުދާ ބަރުކޮށްގެން އޮތް ދޯންޏެއް މިރޭ އަޑިއަށް ގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށް ދާކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖޫން 27 ވަނަ ދުވަހުގެ ރޭ 19:31 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަޑިއަށް ގޮސްފަައި ވަނީ "ކުރިމަގު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތާ ގުޅޭގޮތުން މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ، އެ ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުންކަމަށް ދުލުހުން ބުންޏެވެ.
ދޯނި އަޑިއަށް ދިޔައިރު އޭގައި ގިނަ އަދަދެއްގެ މުދާ ހުރިކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ. ނަމަވެސް ދޯނީގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބެލެވެއެވެ.
މިހާރު އެ ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ދަނީ ކުރަމުންނެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!