މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މިއަދު ޢައްޔަނުކުރި މުޙައްމަދު ލަމްޢާން އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ (ޑެޕިއުޓީ ސީއީއޯ)ގެ މަގާމަށް ހަމަޖައްސައިފިއެވެ.
ލަމްއާން އެ މަގާމަށް ޢައްނުކުރިކަން ހާމަކޮށް އެމްޕީއެލް އިން ވަނީ މިއަދު އޭނާ އަށް މަރުޙަބާ ކިޔާފައެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަގާމާއި އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑު މެންބަރެއްގެ މަޤާމުވެސް ފުރުއްވި އިބްރާހިމް ޒިޔަތެވެ. އޭނާ ވަނީ މިއަދު އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައެވެ.
ލައްމާން ކުރިން ހުންނެވީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ އިއްޔެއެވެ.
ލަމްއާނަކީ މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!