ޕީއެންސީގެ ޑެޕިއުޓީ އެސްޖީ އަކަށް ލައްމާން
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މުޙައްމަދު ލަމްޢާން ޢައްޔަނުކޮށްފިއެވެ. ލައްމާނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރު އަދި ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ (ޑެޕިއުޓީ ސީއީއޯ)ގެ މަގާމުވެސް ފުރުއްވަމުންގެންދަވާ ބޭފުޅެކެވެ. ޕީއެންސީގެ ޑީއެސްޖީގެ މަގާމަށް ލައްމާން ހަމަޖެއްސުމުން އެ ޕާޓީން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ޕީއެންސީގެ މިހާރުގެ އެސްޖީއަކީ މޫސާ ފަތުހީ އާދަމް އާދަމްއެވެ. މ...