މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެ އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު މޫކާއި ހޮޓަލުގައި ބޭއްވި މި ޖަލްސާއަށް ފަސްޓް ލޭޑީ ވަޑައިގަތުމުން އެކަމަނާއަށާއި، މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރއަށް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.

Ad
rt

މި ޖަލްސާގެ ތެރެއިން، 2024 ވަނަ އަހަރު ބޭއްވުނު އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ބަޔާން އިއްވުން ކުރިއަށް ގޮސްފައިވެއެވެ.

މީގެ އިތުރުން، މި ޖަލްސާގެ ޚާއްޞަ މެހުމާނު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިޢުމާތު ޝަފީޤަށް ވަނީ އެކަމަނާގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޓޯކަން އޮފް އެޕްރިސިއޭޝަނެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އިސްވެރިންނާއި، ދާއިރާގެ އެކި ފަންތީގެ ގިނަ އަދަދެއްގެ ގައިޑުން ބައިވެރިވެފައިވެއެވެ.

މި ޖަލްސާއަކީ ރާއްޖޭގެ ގަރލް ގައިޑް ހަރަކާތް އިތުރަށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ހަރަކާތެކެވެ.