ކުޅުދުއްފުށީ ސިޓީ ގައި ޕެރާ ޓޭބަލް ޓެނިސް ކޯޗިން ކޭމްޕެއް ފަށައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މިއީ އެކައުންސިލްގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ ޕެރާ ޓޭބަލް ޓެނިސް ކޯޗިން ކޭމްޕެއް ކަމަށެވެ.

Ad
rt

މި ކޭމްޕް ކުރިއަށްދާނީ މި މަހުގެ 17 އިން 21 ޖެނުއަރީ 2026 ގެ ނިޔަލަށެވެ.

މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީގައި ޝާމިލް ކުޅިވަރު (އިންކްލޫސިވް ސްޕޯޓްސް) ތަރައްޤީކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

މި ކޭމްޕް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުالله (ރޯޒޭ) ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި ޝާމިލްކޮށްގެން ކުރިއަށްގެންދިއުމަށް ގާނޫނުތަކާއި ގަވައިދުތަކެއް ހެދިފައި ހުރި ނަމަވެސް، އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ މިފަދަ ހަރަކާތްތަކުގެ ތެރެއިން ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.

މި ކޯޗިން ކޭމްޕުގެ ތެރެއިން ބައިވެރިންނަށް ޓޭބަލް ޓެނިހުގެ އަސާސީ ހުނަރުތަކާއި، ޕެރާ ކުޅިވަރުގެ އުސޫލުތައް ދަސްކޮށްދޭނެއެވެ.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕެރާ ކުޅިވަރުތައް ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ.