ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މަޢުލޫމާތު ދިން ގޮތުގައި، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވަނީ އޭނާގެ ހާޒިރުގައެވެ.
މި ބަލައި ފާސްކުރުމަކީ ތަޙުޤީޤަށް ބޭނުންވާ ހެކި ހޯދުމަށް ކުރިއަށް ގެންދިޔަ ބަލާފާސްކުރުމެއްކަމަށް ބެލެވެއެވެ.
ސަނީ އެގެއިން ނެރޭ މަންޒަރު ފެންނަ ވޯޑިއޯއިން ފެންނަގޮތުގައި އާންމު ބައެއް މީހުން އަތުން އޭނާ އަށް ހަމަލާދޭތަން ފެނެއެވެ.
ސަނީ އުމަރުގެ މައްޗަށް ކުރެވިފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން، އޭނާ މިހާރުވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ދައުލަތުން ނުހަނު ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކަކަށްވާއިރު، މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދައުވާ އުފުލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!