ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފްއަކީ ބޮޑު ފިނޑި އެއްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަކީ ކަލާންގެތޯ، ހދ ނޭކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް މަޢޫޒް ސުވާލު ކުރައްވައިފިއެވެ.
މަޝްރޫހު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލަން ނިންމުމާއި ގުޅިގެން ހދ ނޭކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް މަޢޫޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޔޫތު މިނިސްޓަރ މަހުލޫފްއަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.
ޔޫތު މިނިސްޓްރީއިން ބޮޑެތި ޝޯތައް ބާއްވަނީ އެކަންކަމާ މީހުން ސުވާލު ނުއުފައްދާތީތޯ؟ ދީނުގައި އެކަން މަޑުކަށި ކަމާ އެކު ހުއްދަ ކޮށްފައިވާތީތަ؟ ލިބޭ އެތިކޮޅު ގެއްލިދާނެތީ އެނޫންގޮތެއް ނެތީ ތޯ؟
ނޭކުރެންދޫ ކައުންސިލްގެ މިދިޔަ ދައުރުގެ ނައިބު ރައީސްކަން ކުރައްވާފައިވާ މަޢޫޒް އޭނާގެ ފޭސްބުކްގައި މަޙްލޫފް ޓެގު ކުރައްވާ ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!