ސަރުކާރުގެ ގޭސް ކުންފުނި، މޯލްޑިވްގޭސްއިން އެ ކުންފުނީގެ ރަސްމީ ލޯގޯ އަދި ބްރޭންޑިންގ ކިޓް އަލުން ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި އަންނަ ނޮވެމްބަރު 5 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ލޯގޯގެ ޑިޒައިން ހުށަހަޅަންޖެހެއެވެ.
ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ޑިޒައިނެއް ހޮވައި، އެ ޑިޒައިނެއް ހުށަހެޅި ފަރާތަކަށް 15,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
މި ޑިޒައިންތައް ހުށަހަޅަންޖެހެނީ މާފަންނު އޯކިޑްމަގުގައި ހުންނަ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 2 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްގޭސްގެ އޮފީހަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ 3005411 ނަންބަރު ފޯނަށް ގުޅުމަށް ނުވަތަ info@maldivegas.com އަށް މެއިލް ކުރުމަށް މޯލްޑިވްގޭސްއިން ވަނީ އެދިފައެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މިހާރު ވަނީ އާންމުކޮށް ޝާއިއުކޮށްފައެވެ. މި ކަރުދާހުގައި ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި، ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލު ހިމެނިފައިވާ ކަމަށް މޯލްޑިވްގޭސްއިން މައުލޫމާތު ދެއެވެ.
އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައިވެސް ލޯގޯ އަލުން ފަރުމާކުރަން ހުޅުވާލާަފައެވެ. ނަމަވެސް އެފަހަރު އެމަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!