ޣައްޒާގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް އިންސާނީ އެހީ އުފުލައިގެން ދަތުރުކުރަމުންދިޔަ ފްލޮޓިލާގެ އުޅަނދެއް ކަމަށްވާ "މިކެނޯ" މިހާރު ވަނީ ޣައްޒާގެ ސަރަހައްދީ ކަނޑުގެ ތެރެއަށް ވަދެފައެވެ.
ކުރިން މަދުވެގެން 26 އުޅަނދު ދަތުރުކުރަމުންދިޔަ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އިޒްރާއީލުގެ ކޮމާންޑޯއިން ދަނީ އުޅަނދުތައް ހުއްޓުވަމުންނެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާގެ ލައިވް ޓްރެކަރ އިން ދައްކާގޮތުގައި، "މިކެނޯ" މިހާރު ވަނީ ޣައްޒާގެ ސަރަހައްދީ ކަނޑުގެ ތެރޭގައެވެ. ނަމަވެސް، އިޒްރާއީލުގެ ބާރުތަކުން އެ އުޅަނދު އަދި ހުއްޓުވާފައިވޭތޯ ސާފެއް ނޫނެވެ.
އިޒްރާއީލުގެ ކޮމާންޑޯއިން އަދިވެސް އުޅަނދުތައް ހުއްޓުވަމުން ގެންދާއިރު، މިހާރު ހަރަކާތްތެރިވަމުންދާ އުޅަނދުތަކުގެ އަދަދު ވަނީ 24 އަށް ދަށްވެފައެވެ. މީގެ ތެރޭގައި ޣައްޒާގެ ސަރަހައްދީ ކަނޑާ ކައިރީގައިވާ އެތައް އުޅަނދެއް ހިމެނެއެވެ. ޣައްޒާގެ ސަރަހައްދީ ކަނޑަށް "މިކެނޯ" ވަނުމަށްފަހު، އަދިވެސް 23 އުޅަނދު ދަތުރުކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ދަތުރުގައި އިޒްރާއީލުގެ ނޭވީ ކޮމާންޑޯއިން ހިފަހައްޓާފައިވާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އެކްޓިވިސްޓުން ވަނީ "ރައްކާތެރިކަމާއި ދުޅަހެޔޮ ޞިއްޙަތެއްގައި" ކަމަށް އިޒްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެއެވެ. ހައްޔަރުކުރެވުނު މީހުން ޔޫރަޕަށް "ޑިޕޯޓްކުރުމުގެ އިޖުރާއާތުތައް" މިހާރު ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އިއްޔެ ރޭއްސުރެ، ހަނގުރާމައިގެ ވޭނުގައިވާ ޣައްޒާއަށް އެޅިފައިވާ ނުރައްކާތެރި ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މަސައްކަތެއްގެ ގޮތުން އިންސާނީ އެހީ އުފުލައިގެން ދަތުރުކުރަމުންދިޔަ ޖުމްލަ 44 އުޅަނދުގެ ތެރެއިން މަދުވެގެން 21 އުޅަނދު އިޒްރާއީލުން ވަނީ ހުއްޓުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!