ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 28 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 07:44 ހާއިރުއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ތިނަދޫ ސިޓީގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިން ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެފައިވެއެވެ. އޭގެތެރެއިން، ސައިކަލް ދުއްވަން އިން މީހާގެ ހާލު ސީރިއަސް ކަމަށް ވެފައި، އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫ (އިންޓެންސިވް ކެއަރ ޔުނިޓް) ގައިކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!