ހއ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ.

މި ޚިދުމަތް ފެށުމާއި ގުޅިގެން ހއ އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ، މި ޚިދުމަތް ފެށުމުން ހއ އަތޮޅުގައި ޚިިދުމަތް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ވާނެކަމަށާއި، މިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.

Ad
rt

އެގޮތުން އެ ހޮސްޕިޓަލުގައި މި ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އިސްނަގައިގެން ސްޕީޗު ތެރަޕިސްޓެއް ހޯދައިދީފައިވަނީ ހއ. ދިއްދޫ ދިއްގާ ފައުންޑޭޝަނުންނެވެ. މި ފައުންޑޭޝަނުން ކޮށްދިން މަސައްކަތް ފާހަގަކޮށް ހއ އަތޮޅު ހޮސްޕިޓަލުން ވަނީ އެ ފައުންޑޭޝަނަށް ޝުކުރުއަދާކޮށްފައެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތްދޭ ރޫމް، ފޮޓޯ: ހއ.އަތޮޅު ހޮސްޕިޓަލް

މީގެ އިތުރުން ހއ އަތޮޅު ހޮސްޕިޓަލުން ވަނީ މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ގޮތުން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ.

މިގޮތުން ސްޕީޗް ތެރަޕީ ހޯދުމަށް ބޭނުންވާ ފަރާތްތަކުން https://forms.gle/8mgQjjF7sX3u4nux5 މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.