ހދ މަކުނުދޫގައި "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހީރާ 2025" މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން އެ ކޮމިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމަށް 15 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހު މެންދުރު ފަހު 12 ގެ ކުރިން ރަޖިސްޓްރީ ވުމަށެވެ.

Ad
rt

އެގޮތުން މުބާރާތުގައި ގްރޫޕްކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/JtKVAnT2XAkRNVsj8 މެދުވެރިކޮށް އަދި ވަކިވަކިން ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން https://forms.gle/zf8EN7mALbRr1oTT6 މެދުވެެރިކޮށް ރަޖިސްޓްރީ ވުމަށް އެ ކޮމިޓީން އިލްތިމާސްކޮށްފައިވެއެވެ.

މިއަންނަ އޮކްޓޯބަރ މަހު 16 ވަނަ ދުވަހު ބާއްވާ މި މަދަހަ މުބާރާތުގެ މަޤުސަދަކީ، މުޖުތަމައުގައި ދީނީ ރޫޙު އާލާކޮށް ލޯބި ޖެއްސުމާއި، ފަންނުވެރި، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ރީތިކޮށް މަދަހަކިޔާ، އުފެއްދުންތެރި މުޖުތަމައުއެއް ބިނާކުރުމެވެ.

މަކުނުދޫ އތމ ކޮމިޓީން އިތުރަށް ބުނެފައިވަނީ، މި މުބާރާތުގައި ގްރޫޕް މަދަހައިގައި ބައިވެރިވެވޭނީ 7 އާއި 14 ބައިވެރިންގެ ޓީމުތަކަށް ކަމަށެވެ. އަދި މި މުބާރާތުގައި ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ވަކި ވަކި ހުށަހެޅުންތަކުގެ ތެރެއިން 1 ވަނަ އަށް 2،000 ރުފިޔާ، 2 ވަނަ އަށް 1،500 ރުފިޔާ އަދި 3 ވަނަ އަށް 1،000 ރުފިޔާ ކޮންމެ ވަނަ އަކަށް ޓްރޮފީ އަދި ހަނދަނީ ލިޔުމާއެކު ދޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި މުބާރާތުގެ 1 ވަނަ ޓީމަށް 6،000 ރުފިޔާ، 2 ވަނަ ޓީމަށް 3،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 2،000 ރުފިޔާ ޓްރޮފީ އަދި ހަނދާނީ ލިޔުމާއެކު ދެވޭނެކަމަށް އެ ކޮމިޓީން ބުނެފައިވެއެވެ.

މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ސީނިއަރ ކައުންސިލް އޮފިސަރ ނަޝްވާ އަޙުމަދު ފައިޞަލް، (9720343) އަށް ގުޅުމަށް މަކުނުދޫ އތމ ކޮމިޓީން ވަނީ އެދިފައެވެ.