ހުޅުމާލެ ހުޅުމާލެ ފޭސް އިން 144 ދަޅު ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ފޭސް 1 ގައި ޕެޓްރޯލްކުރަމުން ދަނިކޮށް ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ޕިކަޕަކަށް މަޑުކުރުމަށް އިޝާރާތްކޮށް، ބަރުގޮނު އެޅުމުންވެސް މަޑުނުކޮށް ޒިގްޒެގްކޮށް އެކި މަގުތަކުން ދުއްވާފައިވެއެވެ. އެހެންވެ، ފުލުހުން އެ ޕިކަޕް ފަހަތުން ގޮސް ހުއްޓުވުމަށްފަހު، ޕިކަޕް ދުއްވި ފަރާތް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެއަށްފަހު ޕިކަޕް ބަލައި ފާސްކުރުމުން 144 ދަޅު ބަނގުރާ ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހައްޔަރުކުރުކޮށްފައި ވަނީ ފަސަލު ރަޙްމާން މަޓުމަލް (28 އަހަރު) ނަމަކަށް ކިޔާ އިންޑިއާގެ ރައްޔިތެކެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭތީއެވެ.
މި މައްސަލައިގެ ތަހްގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!