ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގައި ނަމާދުކުރަން މިހާރު ބޭނުން ކުރަމުން އަންނަ ހަމައެކަނި މިސްކިތްކަމަށްވާ "މަސްޖިދުއްނޫރު" ނޫރު މިސްކިތުގައި ނެވިލޯން އެޅުމަށް، އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު، އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ނޫރު މިސްކިތުގައި ނެވިލޯން އެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ޒަމާނާއި އެއްގޮތަށް މިސްކިތް ތަރައްގީ ކުރުމާއި އަޅުކަން ކުރުމަށް މިސްކިތުގައި މަޑުކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދީ، އަޅުކަމުގައި މިސްކިތުގައި ގިނަވަގުތު ހޭދަކުރުމަށް ހިތްވަރު ދިނުމެވެ. މިސްކިތުގައި ސައުންޑް އެކޯވުމުގެ މައްސަލަ ހައްލުކުރުމާއި، ފައިގެ ކަކުލު ހުޅުގައި މައްސަލަ ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް މިސްކިތުގައި އަޅުކަން ކުރުމަށް ފަސޭހަ މާހައުލެއް ގާއިމް ކުރުމަކީ ވެސް މި ޕްރޮޖެކްޓްގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އެ މިސްކިތުގައި ނެވިލޯން އެޅުމަށް 258750 ރުފިޔާގެ ހިނގާނެކަމަށް ކައުންސިލުން ލަފާކޮށްފައިވާއިރު، އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ރުފިޔާ ޓްރާންސްފާ ކުރެވޭނޭ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ބޭންކް: ބޭންކް އޮފް މޯލްޑިވްސް
ނަމްބަރު: 7714700310001
ނަން: 1284 REVENUE 1
ފައިސާ ލިބެމުންދާވަރާއި ބާކީ ބޭނުންވާވަރުގެ ތަފްސީލް ވަގުތުތުން ވަގުތަށް ބެލޭނޭ އިންތިޒާމް އެ ކައުންސިލްގެ ފޭސްބުކް ޕޭޖްގައިވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން މި ޕްރޮޖެކްޓާއި ބެހޭ ތަފްސީލީ މައުލޫމާތު ވެސް އެ އިދާރާގެ ފޭސްބުކް ޕޭޖުން ލިބިލައްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!