ކުޅުދުއްފުށީ ސިޓީ ކައުުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ މަސައްކަތުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ފުޅާ ކުރުމަށް ތަމްރީން ސެޝަން އެއް ބާއްވައިފިއެވެ.

މި ސެޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުން ބައިވެރިވެފައި ވާއިރު، މައިގަނޑު ކަމަކަށް ޖީޕީޓީ މޮޑެލް ތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ " އޭއައި " އަދި އަދުގެ ވަސީލަތްތައް ބޭނުން ކޮށްގެން މަސައްކަތް ކުރުމަށް ދަސްކޮށްދީފައިވެއެވެ.

Ad
rt

އޮކްސިކާގެ ގަވަރމެންޓް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ޑިރެކްޓަރ މުޙައްމަދު ޝަރީފަށް މި ސެޝަން ހިންގާ ކުރިއަށް ގެންގޮސް ދިނީތީ ކުޅުދުއްފުށީ ކައުންސިލުން ހާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށުގެ ރައްޔިތުންނަށް މަންފާކުރަނިވި ތަމްރީން ޕްރޮގްރާމްތައް ބާއްވައި ރަށުގެ ތަރައްގީ އަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވެއެވެ.