މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު ރިޝްވާން މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް ހ، ހަބަރުގެ، މުހައްމަދު ރިޝްވާން ހަމަޖައްސާފައިވާ ކަމަށެވެ.

Ad
rt

ރިޝްވާނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ މައި ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކުރީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވާފައިވާ، ކުރީގައި ފުލުހުންގެ ތެރޭގައި ޚިދުމަތްކުރަށްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމަތުން އޭނާ ވަކިވިއިރު، އޭނާ ހުންނެވީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށެވެ.

ރިޝްވާން އެމްޕީއެލް އަށް އައްޔަނުކުރިއިރު އޭނާ އުޅުއްވީ ކްލިނިކް ހިންގެވުމުގެ ދާއިރާއިން އަމިއްލަ ވިޔަފާރީގައެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވެ ފުރަތަމަ އެމްޕީއެލްގެ އެމްޑީގެ މަގާމު ދިނީ އެ ކުންފުނީގެ އިސް މަގާމުތަކެއް ކުރިން ފުރުއްވި މުހައްމަދު ވަޖީހު އިބްރާހިމް އެވެ. އޭނާ ވަނީ 2 ފެބްރުއަރީ 2025 ގައެވެ.

އެމްޕީއެލް އަކީ ރާއްޖޭގެ މައި ބަނދަރުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރަހައްދީ ބަނދަރުތައް ހިންގާ ސަރުކާރުގެ ކުންފުންޏެވެ.