ރަޝިއާގެ ހިމާޔަތުގައި ހުންނެވި ސީރިއާގެ ކުރީގެ ރައީސް ބަޝާރު އަލް އަސަދު އަވަހާރަކޮށްލަން ޒަހަރު ދީފައިވާކަމަށް، ރަޝިޔާގެ ކުރީގެ އިސް ޖާސޫސެއް ހިންގާ ކަމަށް ބުނާ އޮންލައިން އެކައުންޓް "ޖެނެރަލް އެސްވީއާރު" އާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ސީރިއާގެ ޤާނޫނީ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރި ޖަމާޢަތްތަކުގެ ބާރުގެ ދަށަށް 8 ޑިސެމްބަރު 2024 ގައި ވެރިރަށަށް ދިމިޝްޤު ގެނައުމާއެކު އަސަދު ޢާއިލާއާއިއެކު ވަނީ ރަޝިޔާ އަށް ވަޑައިގެން އެ ޤައުމުން ހިމާޔަތް ހޯއްދަވާފައެވެ.

Ad
rt

ރަޝިޔާގެ ކުރީގެ އިސް ޖާސޫސެއް ހިންގާ ކަމަށް ބުނާ އޮންލައިން އެކައުންޓް "ޖެނެރަލް އެސްވީއާރު" އާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ބުނެފައިވާގޮތުގައި އާދީއްތަ ދުވަހު އަސަދަށްވަނީ އާލާސްކަންފުޅަކާއި ކުރިމަތިވެ ފަރުވާ ދީފައެވެ.

މިގޮތުން އުމުރުން 59 އަހަރުފުޅުގެ އަސަދު އާދީއްތަ ދުވަހު ވަރަށް ބޮޑަށް އާލާސްކަންފުޅާއި ކުރިމަތިވެ، ގަދައަށް ކެއްސުމާއި ނޭވާ ހާސްވުން ކުރިމަތިވިކަމަށް "ޖެނެރަލް އެސްވީއާރު" އާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.

މި އާލާސްކަންފުޅާއި ގުޅިގެން ހެދި ޓެސްޓްތަކުން އަސަދުގެ ހަށިގަނޑުގައި ވިހައިގެ އަސަރު ހުރިކަން ކަށަވަރުވެފައިވާކަމަށާއި، ނަމަވެސް ހޯމަ ދުވަހު އަސަދު ސިއްހީ ހާލުކޮޅު އާންމު ހާލަތަށް އައިސްފައިވާކަމަށް ވެސް މި ނޫސްތަކުގައި ބުނެފަވެެެއެވެ.

އަސަދާއި އާއިލާއަށް ރަޝިޔާއިން ހިމާޔަތް ދިންކަން ކްރެމްލިން ކަށަވަރުކޮށްދީފި

"ޖެނެރަލް އެސްވީއާރު" އިން ބުނެފައިވާގޮތުގައި އަސަދު އަވަހާރަކޮށްލަން ޒަހަރު ދީފައިވާކަމުގެ ބެލޭނެ ކަންތައްތަކެއް ވަނީ ފެނިފައެވެ.

މިކަމާއި ގުޅިގެން ރަޝިއާގެ ސަރުކާރުގެ ފަރާތުން އެއްވެސް ރަސްމީ ބަޔާނެއް ނެރެފައިނުވާއިރު، "ޖެނެރަލް އެސްވީއާރު" އަށް މި މަޢުލޫމާތު ދިން އެއްވެސް މަސްދަރެއް ބަޔާންކޮށްފައެއް ނުވެއެވެ.

އަސަދުގެ ދިގުދެމިގެން ދިޔަ ވެރިކަން ނިމުމަކަށް ގެނައީ ހުޅަނގުގެ ވަރަށް ބޮޑު މަދަދާއި އެކުގައި ކަމަށް ވަނީ އަޑު ފެތުރިފައެވެ.