ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު، އަނިޔާކޮށް، ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައި ވަނީ ރޭ ހުޅުމާލޭގައި ކަމަށެވެ.
ފުލުހުން ބުނީ ރޭ ހުޅުމާލޭ އޯކިޑްމާ ހިނގުމުގައި، ކާރެއްގެ ތެރޭގައި، ދިވެހި ފިރިހެނަކު ރަހީނުކޮށް، ހިފަހައްޓައި، އަނިޔާކޮށް، ބިރުދެއްކި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަމްބަރު 9022، ތޮލާލް މޫސާ އެވެ.
ތޮލާލް މޫސާ ވަނީ، ރަހީނުކުރި މީހާގެ އާއިލާއަށް ގުޅައިގެން ފައިސާ ހޯދުމަށް ވެސް މަސައްކަތްކޮށްފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލާގައި ތޮލާލް ހައްޔަރު ކޮށްފައި ވާއިރު، އެ މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު، އަނިޔާކޮށް، ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މައްސަލައެއް ފެންމަތިވިއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއްގައި 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!