ކުރިއަށްއޮތްތަނުގައި ދެ ކަމެއްގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ވޯޓެއް ނެގުން އެކަށީގެންވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރިއަށްއޮތްތަނުގައި ދެ ކަމެއްގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ވޯޓެއް ނެގުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ.
މިގޮތުން އެ ދެކަމަކީ، ޖުމްހޫރީ ދުވަހުގެ ތާރީޚާއި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ތާރީޚު އެއް ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލައާއި ރިޔާސީ އަދި ޢާންމު އިންތިޚާބުގެ ނިޒާމަށް ބަދަލުގެނައުމުގެ މައްސަލައިގައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލްތައް ތަމްސީލުކުރާ މެންބަރުންގެ ޢަދަދު، އެ ދާއިރާއެއްގެ އާބާދީއަކާއި ބައްދަލު މިންވަރަކަށް އުނިއިތުރު ގެނައުމުގެ މައްސަލަވެސް މުރާޖަޢާ ކުރައްވަން ގަސްދުކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!