ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ލޯކްލަ ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އޮންލައިން އެޕްލިކޭޝަނެއް ތައާރަފް ކުރަން ނިންމައިފިއެވެ.
"ގުނަ"ގެ ނަމުގައި ތައާރަފްކޮށްފައިވާ މި އެޕްލިކޭޝަނަކީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ހިނގާ ޚަރަދުތައް ފެންނަން ހުންނާނޭ ހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
މިއަހަރުން ފެށިގެން ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގެ ކަންކަން ބަލަހައްޓާނީ އެ އެޕްލިކޭޝަނުންކަމަށް އެލްޖީއޭއިންވަނީ ހާމަ ކުރައްވާފައެވެ.
މީޑިއާއަށް މައުލޫމާތު ހާމަ ކުރައްވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެފައިވަނީ ގާނޫނަށް ގެނައި ބަދަލާއިއެކު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ވެސް މިއަހަރުން ފެށިގެން ބަޖެޓް ތަންފީޒުކުރެވޭނީ އެލްޖީއޭއިން އެކަމަށް ކަނޑައަޅާފައިވާ އޮންލައިން އެޕްލިކޭޝަނުގެ ތެރެއިން ކަމަށެވެ.
ކައުންސިލްތަކަށް ޤާނޫނުގެ ތެރެއިން ދޫކޮށްފައިވާ ބާރުތަކާ އެކު ބަޖެޓް ތަންފީޒު ކުރުމުގައި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރެވޭނެ މަގުފަހިކުރުމަކީ އެލްޖީއޭގެ ޒިންމާއެއްކަމަށާއި، ޤާނޫނަށް ގެނައި ބަދަލާއެކު ރަށްރަށުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!