ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ހދ. ނޮޅިވަރަމުގައި ފަށައިފިއެވެ.

"ރުކުގެ އާ ޖީލެއް" ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފައްޓަވާފައިވާ މި ޕްރޮގްރާމުގެ ދަށުން ނޮޅިވަރަމްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

Ad
rt

މިއަހަރުގެ މެއި 6 ވަނަ ދުވަހު މި ޕްރޮގްރާމު ފަށާފައިވަނީ ހދ. ވައިކަރަދޫގައެވެ. އަދި ޖެހިގެން އައި 7 ވަނަ ދުވަހު ވަނީ އެ އަތޮޅު އުތީމާއި ހޯރަފުށީގައި ވެސް ރުއް އިންދާފައެވެ.

ރުކުގެ އާ ޖީލެއް ރާއްޖޭގައި ބިނާކުރުމަށް ސަރުކާރުންހިންގާ ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން ރުއް އިންދުމަށް ދަނޑުވެރިކަމާއިި ބެހޭ ވުޒާރާގެ ޓީމަކުން ބޮޑުތިލަދުންމައްޗަށް ކުރައްވާފައިވާ ދަތުރުގައި މީގެކުރިން ވަނީ ވައިކަރަދޫ އާއި ނޭކުރެންދޫ ގައެވެ. އަދި ހއ. އަތޮޅުން އުތީމު އަދި ހޯރަފުށީގައެވެ.

މި ޕްރޮގްރާމް ހިންގުމަށްޓަކައި މޯލްޑިވްސް ގްރީން ފަންޑުގެ މާލީއެހީގައި 3 އަހަރު ނުވަތަ 4 އަހަރުތެރޭ ފޯދޭ، ކުރު ރުކުގެ (ޑްވާފް ކޮކޮނަޓްގެ) ފެއްސާއި އޮރެންޖު ކުލައިގެ މަތިވަރު ލިބޭ 5000 ރުއް ހޯދައިގެން ރާއްޖެ ގެނެސްފައިވާއިރު، މި ރުއް ތައް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ބަހައްޓައިގެން ކަރަންޓީނުކޮށް ބަލިނެތްކަން ކަށަވަރުކޮށްފައިވާ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާ އިން ވިދާޅުވެއެވެ.