ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސަރަހައްދުގެ ތެރޭގައި އެމްއެންޑީއެފް ވެހިކަލެއް ފުރޮޅާލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ހުޅުލެ އެމްއެންޑީއެފް މަރުކަޒަށް ދިޔަ ވެހިކަލެއް ކަހާލައިގެން ގޮސް ފުރޮޅާލާފައިވާ ކަމަށެވެ.
އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނި 6:30 ހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެއާޕޯޓްގެ ރަންވޭގެ ކޮޅުން، ސީ ޕްލޭން ޓާމިނަލްސް އާއި އެމްއެންޑީއެފް ބޭސް އަށް ދެވޭ މަގުން ދިޔަ ވެހިކަލް ކޮންޓްރޯލް ނުވެގެން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެ މަގުގެ ފެންސާއި ވީ ފަޅީގައި ފުޅާކޮށް ކޮނެފައިވާ ސަރަހައްދެއް ވެސް އޮންނައިރު އެ ވެހިކަލް ކޮނެފައިވާ ބައިގެ މަތިން ގޮސް ފެންސުގައި ޖެހި ފެންސު ވެސް ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!