ހއ. ދިއްދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ . ދިއްދޫ ގުލްފާމްގެ، އިސްމާއީލް މާހިރު ކަމަށާއި އޭނާމިހާރު ދިރިއުޅެނީ ހުޅުމާލެ ފޭސް 2ގައި ހުންނަ ސްޓެލްކޯ ޓަވަރު ގައި ކަމަށެވެ.
އުމުރުން 50 އަހަރުގެ މާހިރުގެ ޚަބަރެއް އާއިލާއަށް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެމްބަރ 16 ވަނަ ދުވަހު ދަންވަރު 1:08 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށާއި އޭނާ އެންމެފަހުން ލައިގެންހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އިސްމާއީލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!