ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެބޮޑު އެއް ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ބޮޑުދަތުރު" ޑޮކިއުމަންޓްރީ އަންނަ ބުރާސްފަތި ދުވަހު "ތިލަދުން" އިން ގެނެސްދޭން ނިންމައިފިއެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރަށް ދެމިގެންދާ މި ޑޮކިއުމަންޓްރީ ތިލަދުންގެ މީސްމީޑިޔާ މަންސަތަކުން ދައްކާނީ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖަހާއިރުއެވެ. އެގޮތުން ތިލަދުން އޮންލައިންގެ ފޭސްބުކް ޕޭޖުންނާއި، ޔޫޓިއުބް ޗެނަލްއިން ދައްކާނެއެވެ.
މީގެ 80 އަހަރު ކުރިން ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަތީބު އިސްވެހުރެ، އުތުރުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލެއައި ދަތުރާއި ގުޅޭ މި ޑޮކިއުމަންޓްރީ އަކީ މިހާތަނަށް އެ ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެންމެ ތަފްސީލް މަޢުލޫމާތު ހިމެނޭ ޑޮކިއުމަންޓްރީއަށް ވެގެން ދާނެއެވެ.
ދިވެހި ތާރީޚުގެ އެންމެ ބޮޑު އެއް ހާދިސާކަމުގައިވާ "ބޮޑުދަތުރު" ގެ މައްޗަށް ތައްޔާރުކުރެވޭ ތާރީޚީ ޑޮކިއުމެންޓްރީ. އަންނަނީ...
މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، ސުލްޙަވެރިކަމާއެކު ޤައުމު ހަމަމަގަށް އަޅުވަން އުތުރުގެ ރައްޔިތުން ކުރި “ބޮޑުދަތުރު”. pic.twitter.com/jvN0R7btXJ
— Thiladhun (@thiladhun) June 21, 2023
މި ޑޮކިއުމަންޓްރީގައި އެ ދަތުރު ފެށުނު ގޮތާއި، މަގްސަދާއި، ތައްޔާރީތަކާއި، ސަރުކާރުގެ ފިޔަވަޅުތަކުގެ އިތުރުން ދަތުރުގެ ފަހުން ކަންހިނގާދިޔަ ގޮތްތައް ވަރަށް ތަފްސީލުކޮށް ހާމަކޮށްފައިވެއެވެ. އަދި ބޮޑު ތިލަދުންމަތީގެ ތާރީޚާއި، ރާއްޖޭގެ އޭރުގެ ސިޔާސީ މަޝްރަހާއި ބެހޭ ގިނަ މަޢުލޫމާތު ވެސް ހިމެއެވެ.
"ބޮޑުދަތުރު" ޑޮކިއުމަންޓްރީގެ އެސޯސިއޭޓް ޕްރޮޑިއުސަރ އަދި މީޑިޔާ ޕާރޓްނަރ އަކީ ތިލަދުންއެވެ. ތާރީޚު ދިރާސާކޮށް، ލިޔެ، ޑައިރެކްޓްކޮށްފައިވަނީ ތިލަދުންމަތީގެ ތާރިޚާއި ގުޅޭ ދިރާސާތައްކުރާ އަޙްމަދު ސާލިމް އަދި ޙުސައިން ޒަބީރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!