މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގެ އަޑުއެހުންތައް ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޖުލައި، 2017 ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ, ރ. މީދޫއަށް ނިސްބަތްވާ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ.
އެއީ ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު އަޑުއެހުންތައް ނިންމާލުމުން ޖިނާއީ އިޖްރައާތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް 30 ދުވަސް ތެރޭގައި މައްސަލާގެ ހުކުމް އިއްވާނެ އެވެ.
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ހައި ކޯޓުން ވަނީ އިއްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!